ޕީޕީއެމް ޖަގަހައިގަ ރޯކޮށްލި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި

ސިނަމާލެ ފްލެޓު ސަރަހައްދުގައި ޕީޕީއެމްއިން ހިންގާ ރުމާލު 2 ޖަގަހައިގަ ރޯކޮށްލި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރ...

04 Apr 2018 | 11:49

ސިނަމާލެ ފްލެޓު ސަރަހައްދުގައި ޕީޕީއެމްއިން ހިންގާ ރުމާލު 2 ޖަގަހައިގަ ރޯކޮށްލި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޕީޕީއެމްގެ އެ ޖަގަހައިގަ ރޯކޮށްލީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުންދާ އެ ޖަގަހައިގަ ރޯކޮށްލީ ސައިކަލުގައި އައި ދެމީހަކު ސެކިއުރިޓީއަށް ބިރު ދެއްކުމަށް ފަހު އެވެ.

ރޯކޮށްލާފައިވަނީ ޖަގަހައިގެ ސްޓޭޖަށް ޕެޓްރޯލް ޖަހައިގެން ނެވެ. ރޯކޮށްލުމުގެ ސަބަބުން ސްޓޭޖާއި ޕޯޑިއަމްގެ އިތުރުން މޭޒެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފަ އެވެ.

މި މައްސަލައިގަ ޕީޕީއެމްއިން ތުހުމަތުގެ އިނގިލި ދިއްކުރީ އިދިކޮޅު ފަރާތްތަކަށެވެ. އޭގެ ރައްދުގައި އެމީހުން ބުނެފައިވަނީ އެއީ ޕީޕީއެމްއިން އަމިއްލައަށް ބަޔަކު ލައްވާ ކުރި ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް