މަހާ ޖައްރާފު ދެން ބޭނުން ކުރާނީ ކޮމަންޑޫ ބިން ހިއްކަން!

އެމްޓީސީސީގެ މަހާ ޖައްރާފު ދެން ބޭނުން ކުރާނީ ށ. ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތުގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ މަސައްކަތަށް މަހާ ޖައްރާފު ވަނީ ރޭ އެރަށަށް ގެންގޮސްފައި އެވެ. އާބާދީގައި ...

04 Apr 2018 | 07:27

އެމްޓީސީސީގެ މަހާ ޖައްރާފު ދެން ބޭނުން ކުރާނީ ށ. ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތުގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ މަސައްކަތަށް މަހާ ޖައްރާފު ވަނީ ރޭ އެރަށަށް ގެންގޮސްފައި އެވެ. އާބާދީގައި 1200 އެއްހާ މީހުން އުޅޭ ކޮމަންޑޫގެ ގާތްގަނޑަކަށް 10 ހެކްޓަރުގެ ބިން މަހާ ޖައްރާފު ބޭނުން ކޮށްގެން ހިއްކާނެ އެވެ.

އެމްޓިސީސީން ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންށެވެ. ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއަށް 11 މިލިއަނެއްހާ ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

މަހާ ޖައްރާފު ބޭނުންކޮށްގެން އެންމެ ފަހުން ހިއްކީ އެ އަތޮޅު ފުނަދޫ އެއާޕޯޓު އަޅާ ބިން ހިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތް ނިންމަން މަސްދުވަސް ކަނޑައެޅި ނަމަވެސް މަސައްކަތް ނިންމަން ދެ މަހެއްހާ ދުވަސް ނެގި އެވެ.

މަހާ ޖައްރާފު ބޭނުންކޮށްގެން އެމްޓީސީސީން ވަނީ ފުނަދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. މިހާރު އެތަނުގައި ކުރަމުންދަނީ ފަސްގަނޑު އެއްވަރު ކުރުމާއި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތެވެ.

ބިން ހިއްކުމުގެ އިތުރުން ފުނަދޫ އެއާޕޯޓު އެޅުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖުލައިގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް