ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް ވޯލްޑްބޭންކުން 12 ބިލިއަން ޑޮލަރު ދެނީ

ވޮޝިންޓަން (މާޗް 4): ކޮވިޑް-19 ފެތުރިފައިވާ އަދި މި ބަލި ފެތުރުން ކުޑަކުރަން މަސައްކަތްކުރާ ގައުމުތަކަށް  12 ބިލިއަން ޑޮލަރުގެ އެހީ ދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ. އެގޮތުގައި އެ ޖަމިއްޔާއިން އެހ...

04 Mar 2020 | 06:14

ވޮޝިންޓަން (މާޗް 4): ކޮވިޑް-19 ފެތުރިފައިވާ އަދި މި ބަލި ފެތުރުން ކުޑަކުރަން މަސައްކަތްކުރާ ގައުމުތަކަށް  12 ބިލިއަން ޑޮލަރުގެ އެހީ ދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ.

އެގޮތުގައި އެ ޖަމިއްޔާއިން އެހީ ފޯރުކޮށްދިނުމުގައި އެންމެ ފަގީރު އަދި އެންމެ ނާޒުކު ހާލަތްތަކުގައި އޮންނަ ގައުމުތަކަށް  އިސްކަން ދޭކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައިވާ ގޮތުން "ކޮވިޑް-19 ސަޕޯޓް ޕެކޭޖަކީ" ތަރައްގީވަމުން އަންނަ ގައުމުތަކުގެ ސިއްހީ ނިޒާމު ވަރުގަދަކޮށް، ވައިރަހަށް ޓެސްޓު ކުރުމާއި ބަލި ފެތުރުމުން އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށާއި ބަލީގެ ސަބަބުން އިގުތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ދޭ އެހީ އެއް ކަމަށެވެ. އަދި އޭގެ ތެރޭގައި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އަލަށް ދޭ 2.7 ބިލިއަން ޑޮލަރުގެ އެހީއާއި އެއަށް ވުރެ މަދުން އާމްދަނީ ލިބޭ ގައުމުތަކަށްދޭ 1.3 ބިލިއަން ޑޮލަރުގެ އެހީ ހިމެނޭނެ ކަމަށެވެ. އެ ފައިސާ އެކި ގައުމުތަކަށް ފޯރުކޮށްދެނީ ހިލޭ އެހީއާއި އިންޓްރެސްޓް ކުޑަ ލޯނުގެ ގޮތުގަ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާގެ ބަޔާނުގައި ވާ ގޮތުން  ވައިރަސް ފެތުރިފައިވާ ގައުމުތަކުގައި އިންވެސްޓުމެންޓުތައް ނުހުއްޓޭނެކަން ޔަގީންކުރުމުގެ ގޮތުން، ވޯލްޑް ބޭންކުގެ ޕްރައިވެޓް ސެކްޓާ މެމްބަރު، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން އެގައުމުތަކަށް ހަ ބިލިއަން ޑޮލަރުގެ އެހީދޭން ވެސް ހިމަނާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް