ދައުރުވަމުން ދާ ފޮޓޯތަކަކީ މިހާރު ހުކުރު މިސްކިތުގެ ހާލަތެއް ނޫން: ހެރިޓޭޖް

ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ހިމަނައި އާސާރީ މިސްކިތެއްގައި ގޮތުގައި ހުރި މާލޭ ހުކުރު މިސްކިތް މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ހާއްޔަކަށް ހަދާފައިވާ ފޮޓޯތަކެއް މިދިޔަ ދެ ތިން ދުވަހު ސޯޝަލް މީޑީއާގ...

04 Mar 2020 | 02:05

ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ހިމަނައި އާސާރީ މިސްކިތެއްގައި ގޮތުގައި ހުރި މާލޭ ހުކުރު މިސްކިތް މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ހާއްޔަކަށް ހަދާފައިވާ ފޮޓޯތަކެއް މިދިޔަ ދެ ތިން ދުވަހު ސޯޝަލް މީޑީއާގައި ހަލުވިކަމާއި އެކު ދައުރުވަމުން ދިޔަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މިސްކިތުގެ ތެރޭގައި ސިނގިރޭޓު ފޮށިތަކާއި މަސްތުވާތަކެތި ބޭނުން ކުރާ އާލާތްތަކުގެ އިތުރުން ބަތް ޕާރުސަލްތައް ކައި ހުސްކުރުމަށް ފަހު އުކާފައި ހުއްޓެވެ. އެތަން ސިފަވަނީ ކަނމަތީ ކުޑަ ގޮނޑެއްގެ ގޮތުގައި އެވެ.

ގިނަ ބަޔަކު ސަރުކާރަށް މި ފޮޓޯޓަށް ދައުރުވާން ފެށުމުން ފާޑު ކިޔެވެ. މިސްކިތުގައި ނަމާދު ކުރުން ހުއްޓާލައި ތަރިކައިގެ ލިސްޓަށް ލުމަށް ފަހު މަސްތުވާތަކެތީގެ ހާއްޔަކަށް ހުކުރު މިސްކިތް ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.

މިކަމަށް އެންމެ ފަހުން ހެރިޓޭޖް ސެންޓަރުންް އިއްޔެ ވަނީ ރައްދު ދީފަ އެވެ. އެ ސެންޓަރުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ދައުރުވަމުންދާ ފޮޓޯތަކަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

މިސްކިތައް ބަޔަކު ވަދެ ހިންގާފައިވާ އަމަލުތަކުގެ ނަތީޖާ ދައްކުވައިދޭ ފޮޓޯތަކަކީ އެ އިމާރާތައް ކެމިކަލް ޓްރީޓްމެންޓު ދީ ތަން ބަންދުކޮށްފައި ވަނިކޮށް ހިނގާފައިވާ ކަމެއް ކަމަށެވެ. މިކަން ހިނގުމާއި އެކު އެ ސެންޓަރުން ބުނީ އެކަން ހިނގުމާއި އެކު މިސްކިތު އެތެރެ ސާފުކޮށް ފުލުހުންނާއި ގުޅިގެން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދާ ކަމަށެވެ.

https://twitter.com/HeritageMv/status/1234744016836554752

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް