ބުދުތައް ގެނައި މީހުން އެތަކެތި ހިފައިގެން ފުރައިފި: ކަސްޓަމްސް

ރާއްޖެއަށް ބުދު އެތެރެކުރަން އުޅުނު މީހުން އެތަކެތި ހިފައިގެން މިހާރު ފުރާފައިވާކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ. ކަސްޓަމްސްއިން ބުނެފައިވަނީ މާރިޗް 03 ވަނަ ރޭ އިންޑިއާއިން ރާއްޖެއަށް އައި ބަޔަކު އ...

04 Mar 2019 | 14:26

ރާއްޖެއަށް ބުދު އެތެރެކުރަން އުޅުނު މީހުން އެތަކެތި ހިފައިގެން މިހާރު ފުރާފައިވާކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މާރިޗް 03 ވަނަ ރޭ އިންޑިއާއިން ރާއްޖެއަށް އައި ބަޔަކު އެތެރެކުރަން އުޅުނު ބުދުތަކެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާކަމަށާއި މިގޮތުން ހިފަހައްޓާފައިވާ ބުދުތަކުގެ ތެރޭގައި އެކި ސައިޒުގެ 28 ބުދު ހިމެނޭ ކަމަށެވެ. އަދި މި ތަކެތި ގެނައި މީހުން ތަކެއްޗާއެކު މިހާރު ވަނީ އަނބުރާ އިންޑިއާއަށް ފުރާފައި ކަމަށެވެ.

"އަޅުކަންކުރަން ގެންގުޅޭ ބުދަކީ ގާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު)ގެ 4 ވަނަ މާއްދާގެ (ށ)ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ." ކަސްޓަމްސް އިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވނީ ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަ ތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެން ދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުސަތު އެ ފަރާތްތަކަށް ކަސްޓަމްސްގެ އާންމުގަވާއިދުން ލިބިދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް