ތިން މަސް ދުވަހުގެ ތެރޭގައި މިލިޔަނަކަށްވުރެ ގިނަ ރުފިޔާ، މީރާއަށް ދައްކާ ޚަލާޟް ކުރުމަށް ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މީރާއިން ބުނެފައިވާގޮތުގައި ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު އިން މީރާއަށް ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދު އެވެ.
މީރާއިން ބުނެފައިވަގޮތުގައި ސިވިލް ކޯޓުން ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,156,181ރ (އެއް މިލިއަން އެއް ލައްކަ ފަންސާސް ހަހާސް އެއްސަތޭކަ އަށްޑިހަ އެއް ރުފިޔާ) 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް