ސެމްސަންގް ގެލެކްސީ އެސް 10 ރާއްޖޭގައި ތަޢާރަފްކުރަނީ

ސެމްސަންގް ގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯން، ގެލެކްސީ އެސް 10 ދިރާގާއެކު މިރޭ ތަޢާރަފް ކުރަން ނިންމައިފިއެވެ. މި އިވެންޓް ކުރިޔަށްދާނީ މިރޭ 8:15 ގައި ބްރިޖް ވިޔުއިން ޕްލެޓްފޯމްގައެވެ. އާންމުންނަށް ހުޅ...

04 Mar 2019 | 10:06

ސެމްސަންގް ގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯން، ގެލެކްސީ އެސް 10 ދިރާގާއެކު މިރޭ ތަޢާރަފް ކުރަން ނިންމައިފިއެވެ.

މި އިވެންޓް ކުރިޔަށްދާނީ މިރޭ 8:15 ގައި ބްރިޖް ވިޔުއިން ޕްލެޓްފޯމްގައެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ހަފްލާގައި ސެމްސަންގް ގެ އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެއެވެ.

މިރޭ ބާއްވަން ހަމަޖެހިފައިވާ ހަފްލާގައި މި ފޯނު ފުރަތަމަ ފަހަރަށް ރާއްޖޭގައި ދައްކާލާއިރު، މި ހަފްލާއަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް އެއް ނަސީބުވެރިޔަކަށް މީގެ ފޯނެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ފޯނު އަމިއްލަފުޅަށް ބައްލަވާލުމުގެ ފުރުސަތު ވެސް މި ހަފްލާގެ ތެރެއިން ލިބިގެންދާނެއެވެ.

މިރޭ ތަޢާރަފްކުރާ ސެމްސަންގް ގެލެކްސީ އެސް 10 އަދި ގެލެކްސީ އެސް 10 ޕްލަސް އަކީ ސެމްސަންގްގެ ދިހަވަނަ އަހަރީ ފޯނެވެ.

ގެލެކްސީ އެސް 10 ޕްލަސްގައި ޖުމްލަ ފަސް ކެމެރާ ހިމެނެއެވެ. އެއީ 2 ފްރޮންޓް ކެމެރާ އާއި 3 ބެކް ކެމެރާއެވެ. މި ފޯނުގައި އޮން ސްކްރީން ފިންގަރޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިންގ ގެ އިތުރުން އަދިވެސް އިތުރު އުފެއްދުންތެރި ފީޗާތަކެއް އެކުލެވިގެންވެއެވެ.

2015 ވަނަ އަހަރުން ފެށިގެން ދިރާގަކީ ރާއްޖޭގައި ސެމްސަންގް ގެ އޮތޮރައިޒްޑް ޑިސްޓްރްބިއުޓާއެވެ.  ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނުތައް ފަސޭހަކަމާއި އެކު ދިރާގުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް