ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ބާލިދީއަކުން ޖެހި މީހަކަށް އަނިޔާވެއްޖެ

މާވެޔޯ ގޯޅީގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ބާލިދީއަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، މިހާދިސާ ހިނގައިފައިވަނީ މިއަދު މެންދުރު 13:50 ހާ...

04 Mar 2019 | 09:58

މާވެޔޯ ގޯޅީގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ބާލިދީއަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، މިހާދިސާ ހިނގައިފައިވަނީ މިއަދު މެންދުރު 13:50 ހާއިރު ކަމަށެވެ. އަދި ވެއްޓުނު ބާލިދީން ޖެހި ޒަހަމް ވެފައިވަނީ 28 އަހަރުގެ އަންހެނަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި ބާލީދީ ވެއްޓި ޖެހިފައިވަނީ އެ އަންހެން މިހާގެ މޭމަތީގައެވެ. ފުލުހުން ބުނީ އެއަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ނުވާކަމަށެވެ.

މިހާދިސާ ހިނގި ސަރަހައްދަށް ވަނީ ފުލުހުންގެ އިތުރުން، ސިޓީ ކައުންސިލް އަދި ހައުސިންގް މިނިސްޓްރީންވެސް ޒިޔާރަތް ކުރައްވާފައެވެ.

ހަދަމުންދާ އިމާރާތްތަކުން އެއްޗެހި ވެއްޓި އާއްމުންނަށް ދަނީ މިދުވަސްކޮޅު ވަރަށް އަނިޔާ ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް