އިމާރާތަކުން ދެ ބިދޭސީން ވެއްޓިއްޖެ

އެއާޕޯޓް ސީޕްލޭން އެރިއާ ކައިރި ހުރި އިމާރާތެއްގެ ބޭރުގައި ކުލަ ލާން ހުރި ދެ ބިދޭސީން އިމާރާތުން ވެއްޓިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ފަރާތުން ވިދާޅުވީ، އިމާރާތެއްގެ ދެވަނަ ބު...

04 Mar 2019 | 09:31

އެއާޕޯޓް ސީޕްލޭން އެރިއާ ކައިރި ހުރި އިމާރާތެއްގެ ބޭރުގައި ކުލަ ލާން ހުރި ދެ ބިދޭސީން އިމާރާތުން ވެއްޓިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ފަރާތުން ވިދާޅުވީ، އިމާރާތެއްގެ ދެވަނަ ބުރިން ދެ ބިދޭސީއަކު ވެއްޓިގެން އެމައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ، މިއަދު ހެނދުނު ދިހައެއް ޖަހާކަށް ހާއިރު ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ ދެ ބިދޭސީން ވަނީ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ކަމަށެވެ.

އެތަނުން އެކެއްގެ އެއް ފައިގެ ކުޑަ ހުޅަށާއި، އުނަގަނޑަށް އަނިޔާ ވުން ނުން އެހެން އިތުރު އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް