އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ.
މުހައްމަދު އަބްދުލް ކަރީމް މިފަހަރުވެސް ވާދަކުރައްވަނީ، އެމަނިކުފާނު މިހާރުވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާ، ހެންވޭރު ދެކުނު ދާއިރާ އަށެވެ. އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓްގައި ހޯއްދެވީ މަޝްހޫރު ވިޔަފާރިވެރިޔާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު މުހައްމަދު އަބްދުލްކަރީމް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވީ، ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު، ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން، ޕާޓީން ވަކިވެ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަކީ ވަރަށް ބޮޑު ބޭވަފާތެރި ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް