އަންހެނުން ޒިންމާދާރުވެރި މަގާމުތަކުގައި ތިބުމުން ބައެއް މެމްބަރުންނަށް ހަޖަމް ނުކުރެވޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ އަންހެން މިނިސްޓަރުންގެ ތެރޭން އެންމެ ފުރަތަމަ މަޖިލީހަށް ހާޒިރުކުރެވުނު މިނިސްޓަރަކަށް އެކަމަނާ ވުމަކީ އިއްތިފާގެއް ކަމަށް ވިދާޅުވަމުން، މާރިޔާ ވިދާޅުވީ މިއަދު ބޭއްވުނު މަޖިލިސް ޖަލްސާއިން ފެނިގެންދިޔައީ އެމްޑީޕީ މެމްބަރުންގެ ހުޝިޔާރުކަން ކަމަށާއި އިދިކޮޅު ފަރާތުން ކޮންމެ ބޭނުމެއްގައި ސުވާލުކުރި ކަމުގައިވިޔަސް މިނިސްޓަރުން ޖަވާބުދާރީ ކުރުމަކީ ރައްޔިތުންނާއި ހުރިހާ އެންމެން ވެސް ބޭނުންވާގޮތަށް މަޖިލިސް ކުރިޔަށް ދާކަމުގެ ނިޝާނެއް ކަމަށެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައިވަނީ، އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލަށް އެކަމަނާ ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކަކާއި ބެހޭ ގޮތުން، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ.
"އަންހެނުން ހަޖަމް ނުކުރެވޭ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަންއޮތީ އޭޕްރީލް 6 ގައި މިއޮތީ ވޯޓް ، އަންހެނުންނަކީ ވޯޓުގެ 50 އިންސައްތަ ، އަންހެނުން ނުކުމެ އަންހެނުން ހަޖަމް ނުކުރެވޭ ބަޔަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ ވޯޓް ލައި އުޅޭހެން " މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް