މަސްތުވާ ތަކެއްޗާއި އެކީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު، ޅ.ކުރެންދޫއިން ހައްޔަރުކޮށްފިއެވެ.
މިކުއްޖާ ހައްޔަރު ކޮށްފައިވަނީ ކުރެންދޫގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާލެ އާއި ކުރެންދޫއާއި ދެމެދު ދަތުރުކުރާ ދޯންޏަކުން ކުރެންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެކުއްޖާ ހިފާއްޓާފައިވަނީ ކުރެންދޫއަށް އެދޯނި ގާތްކުރުމުން އެކުއްޖާ ދޯނިން ފައިބައިގެން ދިޔަ ވަގުތު،މަގުމަތިން ހުއްޓުވާފައި ކަމަށެވެ. އަދި އެކުއްޖާ ބަލައި ފާސް ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓު އެކުއްޖާއަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް