ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުންގެ އިންތިޚާބަށް ރީ ރެޖިސްޓްރީ ވުމަށް 21203 ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
https://twitter.com/ElectionsMv/status/1102267748418121733
މި އިންތިޚާބުގައި ރީ ރެޖިސްޓްރީ ވާން ޖެހެނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ ރެޖިސްޓްރީ ކޮށްފައިވާ ތަން ބަދަލުކުރަން ބޭނުންވާ މީހުން އެކަންޏެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި 78964 މީހުން ރީ ރެޖިސްޓްރީ ވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް