ބަޔަކު ދަރުބާރުގެއަށް އެއްވެ ދައްކާ ވާހަކައަށް ސިފައިން ކަންބޮޑުވޭ: މާރިޔާ

ބަޔަކު ދަރުބާރުގެއަށް އެއްވެ، ބާއްވާ ބައްދަލުވުންތަކުގައި ދައްކާ ވާހަކަށް ދިވެހި ސިފައިން ކަންބޮޑުވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެކަމަނާ އިންޑިއާގެ ނޫހެ...

04 Mar 2019 | 05:31

ބަޔަކު ދަރުބާރުގެއަށް އެއްވެ، ބާއްވާ ބައްދަލުވުންތަކުގައި ދައްކާ ވާހަކަށް ދިވެހި ސިފައިން ކަންބޮޑުވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެކަމަނާ އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރުން ރޮޒެއިނާ އާދަމް ސިފައިން އެއްވެސް ކަމަކާއި ގުޅިގެން މާރިޔާއާއި ސުވާލު ކުރެއްވިތޯ ބުނެ އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ސިފައިން ތިބީ ބަދަހިކޮށް ކަމަށާއި، ބަޔަކު ދައްކާހާ ވާހަކައަކަށް ނުގުޑާނެ ކަމަށެވެ.

ދިވެހިން ސިފައިންގެ ތެރޭގައި ތިއްބެވީ ކިޔަވައިގެން ތިބި ތަންދޮރު ދަންނަ ބައެއް ކަމަށް ބުނެ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރާއްޖެ ހިފަން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކާ މީހުން، އެވާހަކަތައް އެދައްކަނީ ކުރުމުއްދަތެއްގެ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް