މިއަދު މޫސުން އާންމުގޮތެއްގައި ރަނގަޅު

ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ރާއްޖޭގެ މޫސުން މިއަދު އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރައިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން...

04 Mar 2019 | 02:26

ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ރާއްޖޭގެ މޫސުން މިއަދު އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރައިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ހަވީރު 06:00 އާއި ހަމައަށް އަންދާޒާ ކުރެވޭ މޫސުމީ މައުލޫމާތު ނެރެފައިވާއިރު އިތުރަށް  ބުނެފައިވަނީ އުތުރާއި އިރު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން، ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވާއިރު، އަދި ޒަރޫރީ އެންމެހާ ބޭނުންތަކަށް ކަނޑު ހުރަސްކޮށް ދަތުރުފަތުރު ކުރަން ޖެހޭއިރު އަބަދުވެސް މޫސުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް