ދަ އެކެޑަމީ އެވޯޑްސް ނުވަތަ އޮސްކާ އެވޯޑު 2018 އައިސް ޓީވީއިން ލައިވް ކުރަން ނިންމައިފި އެވެ. މިއީ ދިވެހި ޗެނަލަކުން އޮސްކާ ލައިވް ކުރާ ފުރަތަމަ ފަހަރެވެ.
އައިސް ޓީވީން ބުނީ އޮސްކާގެ ރެޑް ކާޕެޓް މިރޭ ފަތިހު 04:30 ގައި ލައިވް ކުރަން ފަށާނެ ކަމަށާއި އަދި އޮސްކާ ރަސްމީ ހަފްލާ މާދަމާ ހެނދުނު 06:00ގައި ލައިވް ކުރާނެ ކަމަށެވެ.
އޮސްކާ އެވޯޑަށް މި އަހަރު 90 އަހަރު ފުރޭއިރު މާދަމާގެ އެވޯޑް ހަފްލާގައި ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. މި އަހަރުގެ އޮސްކާ ލޮސް އެންޖެލިސްގެ ކެލިފޯނިއާގައި ހުންނަ ޑޮލްބީ ތިއޭޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އަހަރުގެ އެވޯޑްވެސް ހޯސްޓް ކޮށްދެނީ މިދިޔަ އަހަރުވެސް މި އެވޯޑް ހޯސްޓް ކޮށްދިން ޖިމީ ކިމެލް އެވެ.
ރާއްޖޭގެ ޗެނަލަކުން ފުރަތަމަ ފަހަރަށް އޮސްކާ ލައިވް ކުރަން ނިންމާފައިވާއިރު އައިސް ޓީވީ އަކީ އީޕީއެލް ފުޓްބޯޅަ ލީގާއި ކޮޕާ އިޓާލިއާވެސް ލައިވްކޮށް ގެނެސްދިން ފުރަތަމަ ދިވެހި ޗެނަލެވެ. އައިސް ޓީވީ ފެނިވަޑައިގަންނަވާނީ މީޑިއާ ނެޓްގެ ޗެނަލް 100 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް