ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ކަނބަލުންނަށް ހާއްސަ މެރަތޮން އެއް އިއްޔެ ބާއްވައިފި އެވެ.
މި މެރަތޮންގައި 1500 އަށްވުރެ ގިނަ ކަނބަލުން ބައިވެރިވެފައިވާއިރު ކުރިއަށް ގެންގޮސްފައިވަނީ ތިން ކިލޯމީޓަރުގެ ދުވުމެކެވެ.
ދުވުމުގައި އެއްވަނައަށް ގޮސްފައިވަނީ މިޒްނާ އަލް ނައްޒާރު ނަމަކަށް ކިޔާ ކަނބަލެކެވެ. ނިޒްނާ މެރަތޮން ނިންމާފައިވަނީ އެންމެ 15 މިނެޓުގެ ތެރޭގައި އެވެ.
ސައުދީ ޖެނެރަލް އޮތޯރިޓީ އޮފް ސްޕޯޓްސް އިން މި މެރަތޮން ކުރިއަށް ގެންގޮސްފައިވަނީ އަލް އަހްސާ ސެކިއުރިޓީ ކިޔާ ބަޔަކާއި އަލް މޫސާ ހޮސްޕިޓަލާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް