މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މާމެންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތުދީފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މާމެންދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. އެގޮތުން ފުރަތަމަ ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ މާމެންދޫ ސްކޫލްގެ ގްރޭ...

04 Mar 2018 | 05:31

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މާމެންދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

އެގޮތުން ފުރަތަމަ ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ މާމެންދޫ ސްކޫލްގެ ގްރޭޑް 7ން 10ށް ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށެވެ.

މާމެންދޫ ޕޮލިސް ސްޓޭޝަނާއި މާމެންދޫ ސްކޫލް ގުޅިގެން، ފެބްރުއަރީ 28 ވަނަދުވަހު ފެށި މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި މަގު ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން ކުދިންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.  މީގެއިތުރުން ޓްރެފިކް މައްސަލަތައް ހައްލުކުރުމުގައި ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއިގުޅޭގޮތުންވެސް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ސްކޫލްތަކުގެ ކުދިންނަށް އަމާޒުކޮށް، އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުން ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް