ހައްޔަރު ކުރީ 48 – އޭގެ ތެރެއިން 47 ވާނީ ލަސްނުކޮށް ދޫކޮށްލާފައި: ޕޮލިސް

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާރިޗް މަހުގެ ދެވަނަ ދުވަހާއި ހަމައަށް މުޒާހަރާތަކުން ހައްޔަރުކުރި މީހުންނާ ބެހޭ ބައެއް ތަފާސްހިސާބު ފުލުހުން އާންމު ކުރައްވައިފި އެވެ. އެގޮތުން ރޭ ދަންވަރ...

04 Mar 2018 | 03:33

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާރިޗް މަހުގެ ދެވަނަ ދުވަހާއި ހަމައަށް މުޒާހަރާތަކުން ހައްޔަރުކުރި މީހުންނާ ބެހޭ ބައެއް ތަފާސްހިސާބު ފުލުހުން އާންމު ކުރައްވައިފި އެވެ.

އެގޮތުން ރޭ ދަންވަރު 01:03ގައި ފުލުހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހާއި މާރިޗް މަހުގެ ދެވަނަ ދުވަހާއި ދެމެދު، މުޒާހަރާތަކުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެގެންނާއި ފުލލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ޖުމްލަ އަދަދަކީ 48 ކަމަށެވެ. އަދި އޭގެ ތެރެއިން 47 މީހަކު ވާނީ ލަސްނުކޮށް ދޫކޮށްލާފައި ކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.

https://twitter.com/PoliceMv/status/970026803950600192

ފުލުހުން އާންމު ކުރައްވާފައިވާ މި މައުލޫމާތަށް ބަލާއިރު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެގެންނާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން އެ މުއްދަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ހަމަ އެންމެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް