ނޭޕާލު ރައްޔިތެއް ކަމުގައިވާ، އުމުރުން 21 އަހަރުގެ ނިޝާ ރާއީ - މަގްޝޮޓް: ޕޮލިސް
ޑުރަގުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި
ހައްޔަރުކޮށްފައިވާ ނޭޕާލު ރައްޔިތެއް ކަމުގައިވާ ނިޝާ ރާއީގެ ބަންދަށް ކޯޓުން
އިތުރު 12 ދުވަސް ޖަހައިފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފައިވަނީ
ޖަނަވަރީ ތިނެއްގައި 30 ދުވަހަށް ޖެހި މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތެއް
ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ޑިސެމްބަރު 17ގައި، އުމުރުން 21 އަހަރުގެ ނިޝާ
ހައްޔަރުކުރީ އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓުން، ޑުރަގު ޓްރެފިކިންގ
މިންގަނޑަށް ފެތޭވަރަށް މަސްތުވާތަކެއްޗާއި އެތަކެތި ކިރުމާއި ބަންދުކުރުމަށް
ބޭނުންކުރާ އާލާތްތައް ފެނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް