ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިރޭ8:10 ހާއިރު އެވެ. މި ހަމަލާގައި ޒަހަމްވީ ޗަ...

04 Feb 2020 | 16:14

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ

ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިރޭ8:10 ހާއިރު އެވެ.

މި ހަމަލާގައި ޒަހަމްވީ ޗައިނާ ދެ މީހަކާއި އޮސްޓްރޭލިއާ މީހެކެވެ. ފުލުހުން ބުނީ އޭގެ ތެރެއިން ޗައިނާ އެކަކީ ޓޫރިސްޓެއް ކަމަށާއި އަނެއް ޗައިނާ މީހާ އާއި އޮސްޓްރޭލިއާ މީހާ އަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެމީހުން ކަމަށެވެ.

އެ ތިން މީހުންނަށް ހަމަލާދީފައިވަނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި އެވެ. އެމީހުންނަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު ހާލު އެހާ ސީރިއަސްއެއް ނޫނެވެ.

މަންޒަރުދުން މީހުންނާއި ހަވާލާދީ ފުލުހުން ބުނީ އެމީހުންނަށް ހަމަލާދީފައިވަނީ ހެލްމެޓު އަޅައިގެން ސައިކަލެއްގަ ދިޔަ ދެމީހެކެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް