މަންމަ އަކު ފިރިހެން ދަރިއަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ. އެކަމަކު ކޮން ސަރަހައްދަކުން ކަމެއް ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގަ މަންމަގެ މައްޗަށް ތުހުމަތު ކުރަނީ14 އަހަރުގެ ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކޮށް ،ބަދުއަހުލާގީ އަމަލު ހިންގާ ކަމަށެވެ. މަންމަގެ އުމުރަކީ38 އަހަރެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމުން އެ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ އަންހެން މީހާ އަދި ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް