ދިވެހިން ސަމާލުވޭ: ކެރެލާ ސްޓޭޓްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި

ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ ކެރެލާ ސްޓޭޓްގައި ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ. މިހާތަނަށް އެ ސްޓޭޓުން ތިން މީހަކު ވަނީ ކ...

04 Feb 2020 | 09:11

ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ ކެރެލާ ސްޓޭޓްގައި ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

މިހާތަނަށް އެ ސްޓޭޓުން ތިން މީހަކު ވަނީ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފަ އެވެ. އެއީ އެ ސްޓޭޓްގެ ސިޓީތަކަށް ޗައިނާގެ ވޫހާން އިން ދަތުރު ކުރި ތިން ދަރިވަރުން ކަމަށްވެ އެވެ.

މިހާތަނަށް އިންޑިއާއަށް ވައިގެ މަގުން ދިޔަ މީހުންގެ ސާމްޕަލްތައް ނަގައި104 މީހަކު ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން ޕޮސިޓިވްވި ތިން މީހުންވެސް އެ ގައުމަށް އެތެރެވެފައިވަނީ ކެރެލާ ސްޓޭޓުންނެވެ.

މީގެ އިތުރުން އެއާޕޯޓުތަކުން ސްކްރީންކޮށް ޗައިނާއަށް ދަތުރުކޮށްފައިވާތީ 1،999 މީހަކުު އޮބަޒޭޝަންގައި އެބަތިބި ކަމަށްވެ އެވެ. އޭގެ ތެރެއިން 75 މީހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ބަލަމުންދާއިރު އަނެއް1924 މީހުން ތިބީ އެމީހުންގެ ގޭގައި ކަރަންޓިން ކޮށްފަ އެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ކޮރޯނާގެ ހުރިހާ ޕޮސިޓިވް ކޭސްތަކެއް ކެރެލާއިން ފެންނަ ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް މި ބަލީގައި450 ށް ވުރެ ގިނަ މީހުން މަރުވެފަވެ އެވެ. އެކަމަކު ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމުގެ އަލާމާތެއް ނުފެންނަ ކަށް ޗައިނާއިން މިއަދު ބުނެފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް