އުރީދޫގެ މިދިޔަ އަހަރު ފައިދާ ދެ ބިލިއަނަށް އަރައިފި

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ. އުރީދޫއިން ބުނީ މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ކުންފުނި...

04 Feb 2020 | 08:36

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫއިން ބުނީ މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ލިބުނު އާމްދަނީ ސާފު ފައިދާގެ ގޮތުގައި588.6 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެއީ ކުރީ އަހަރާއި އަޅާ ބަލާއިރު11.9 ޕަސެންޓުގެ ކުރިއެރުމެކެވެ.2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ525.7 މިލިއަން ރުފިޔާ އެވެ.

އުރީދޫން ބުނީ އާމްދަނީގެ އިތުރުން މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ ވެސް 10 ޕަސެންޓު އިތުރުވެފަ ވާ ކަމަށެވެ.

މިދިޔަ އަހަރު އުރީދޫއިން އަލަށް ރާއްޖެއަށް ތައާރަފު ކުރި ހިދުމަތްތަކުގެ ތެރޭގައި ވައިފައި ކަނެކްޝަން މެދުވެރިކޮށް ފޯނުކޯލު ކޮށްލެވޭ 'ވައިފައި ކޯލިންގް' ހިދުމަތާއި އޮންލައިންކޮށް ރޭޑިއޯ އަދި ޓީވީ ކޮންޓެންޓް ސްޓްރީމް ކޮށްލެވޭ 'މޮބި ރޭޑިއޯ' އަދި 'މޮބި ޓީވީ'ގެ އިތުރުން މޮބައިލް ޑޭޓާއާއި ޕޯސްޓްޕެއިޑްގެ އާ ޕްލޭންތަކެއް ހިމެނެ އެވެ.

އުރީދޫން މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ހިއްސާއަކަށް 3.20 ރުފިޔާ ބެހި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް