ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބަލަންދާން ގުޅުމުން ފޯނަށް ޖަވާބު ނުދެވުން ފަރާތްތަކުން އެކަން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް އެންގުމަށް ރައީސް އޮފީހުން އަންގައިފި އެވެ.
ރައީސް އޮފީހުން ބުނީ ހާލަތު ބަލަން ގޭގެއަށް ނުދެވިހުރީ އެ މަޝްރުއުގެ ދަށުން ދޫކުރި އެޗް4،5،12،13 އަދި15 ކެޓަގަރީން ފްލެޓު ލިބިފައިވާ ފަރާތްތަކެއް ކަަމަށެވެ. އެހެންވެ އެ ކޮމިޓީން ވަނީ އާންމުކޮށްފައިވާ ލިސްޓުގައި ވާ މީހުން އެ ކޮމިޓީގެ ނަމްބަރު7761108 ގުޅައި ނުވަތަ އެސްއެމްއެސްއަކުން އެކަން އެންގުމަށް އެދިފަ އެވެ.
http://www.gazette.gov.mv/iulaan/view/125348
"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.
ނުގުޅިގެން ދިރިއުޅުމުގެ ހާލަތު ބަލަން ނުދެވި ހުރި ފަރާތްތަކުން ކޮމިޓީއަށް އެންގުމަށް ދީފައިވާ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ11 ވަނަ ދުވަހުގެ މެންދުރު ފަހު3:00 އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން އަޅަންފެށި7000 ފްލެޓު މިއަހަރު ހަވާލު ކުރެވޭނެ ކަމަށް ރައިސް އިބްރާހިމް ސޯލިހު އިއްޔެ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް