ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕާ ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުންނެ...

04 Feb 2020 | 07:46

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕާ ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ7:30 ހާއިރު ކަމަށެވެ.

މި ހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން30 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށެވެ.

މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރޭ އެކަނިވެސް ފުލުހުން ވަނީ ޖިންސީ އަނިޔާގެ ދެ މައްސަލައެއް މީޑިއާ އާއި ހިއްސާކޮށްފަ އެވެ. މިފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް