ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދަން އެސްޖޭ އާއި ހަވާލުކޮށްފި

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން، އެސްޖޭ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި...

04 Feb 2020 | 06:04

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން، އެސްޖޭ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށް އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ74.9 މިލިއަން ރުފިޔާ އަށެވެ. މި ސްކޫލްގެ މަސައްކަތް އެއްކޮށް އަންނަ އަހަރު ނިންމަން ޖެހޭއިރު2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި އެ ސްކޫލްގައި ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވެ އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކޮށްފައިވަނީ 1،000 ދަރިވަރުންނަށް ކިިޔަވައިދެވޭ ގޮތަށް، 41 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ.

އެޑިއުޝަން މިނިސްޓަރު ޑރ އައިޝަތު އަލީ މިއަދު ވިދާޅުވީ މި ސްކޫލްގައި ކިޔަވައިދޭން ފެށުމުން ދަރުމަވަންތަ ސްކޫލް ވެގެންދާނީ ވަށައި ޖެހޭ ތައުލީމެއް ދެވޭ ގޮތަށް އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލުގެ ގޮތުގަ އެވެ.

މިހާރު ދަރުމަވަންތަ ހިންގަނީ، މެދު ޒިޔާރަތް ކައިރީގައި ވަގުތީ ގޮތުން ހެދި ތަނެއްގަ އެވެ. އަލަށް އަޅާ ދަރުމަވަންތައިގެ އާ އިމާރާތް އަޅަނީ ވިލާ ކޮލެޖު ކުރިމަތިން އޮންނަ ހުސްބިމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް