ކޮރޯނާ ވައިރަސް: 2،666 ގެސްޓުންނާ އެކު ޖަޕާނުގެ ކްރޫޒްލައިނާއެއް ކަރަންޓިންކޮށްފި

ޖަޕާނަށް ނިސްބަތްވާ ކުރޫޒްލައިނާއެއްގައި ހުރި މީހަކު ނުރައްކާތެރި ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމުން ހުރިހާ ގެންސްޓުންނާއި ކުރޫޒްލައިނާ އެއްކޮށް ޖަޕާނު ސަރުކާރުން ކަރަންޓީންކޮށްފި އެވެ. ޖަޕާނުގެ ކަމާ ބ...

04 Feb 2020 | 05:53

ޖަޕާނަށް ނިސްބަތްވާ ކުރޫޒްލައިނާއެއްގައި ހުރި މީހަކު ނުރައްކާތެރި ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމުން ހުރިހާ ގެންސްޓުންނާއި ކުރޫޒްލައިނާ އެއްކޮށް ޖަޕާނު ސަރުކާރުން ކަރަންޓީންކޮށްފި އެވެ.

ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ޑައިމަންޑް ޕްރިންސް ކިޔާ މި ކްރޫޒްލައިން އިން ދަތުރު ކުރި މީހުންގެ ތެރެއިން ބައްޔަށް ޕޮސިޓިވް ވީ އުމުރުން80 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ގައިން ހުމުގެ އަސަރެއް ނުފެނުނު ނަމަވެސް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރީ މާ ގަދަޔަށް ކެއްސާތީ އެވެ.

އެހެންވެ ޖަޕާނު ސަރުކާރުން ނިންމާފައިވަނީ ކުރިޔަށް އޮތް24 ގަޑިއިރަށް އެ ކްރޫޒްލައިނާ ކަރަންޓީން ކުރާށެވެ. އަދި އޭގައި ތިބި2،666 ގެސްޓުންނާއި 1،045 ކްރޫއިން ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރާށެވެ.

ޖަޕާނުން މިހާތަނަށް20 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން17 މީހުންނަކީ ވޫހާއިން އެގައުމަށް ގޮސްތިބި މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް