ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސް އެމެރިކާގައި ގައިން ގަޔަށް އަރަން ފަށާފައިވާކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
މިހާތަނަށް ކޮރޯނާވައިރަސް ޗައިނާއިން ބޭރު ގައުމުތަކުގައި ޖެހިފައިވަނީ ޗައިނާގެ ވޫހާން ސިޓީއަށް ދަތުރުކޮށްފައިވާ މީހުންނަށް އެކަންޏެވެ. އެކަމަކު ޗައިނާއަށް ނުދާ އެކަކު ގައިން ކޮރޯނާ ވައިރަސް ފެނުނު ކަމަށް ޑަބްލިއުއެޗްއޯއިން ހާމަކުރި އެވެ.
އެމެރިކާގަ އަދި ހަލުވިކަމާއި އެކު ގައިން ގަޔަށް މި ބަލި ފެތުރެން ފަށާފައި ނުވިނަމަވެސް ހަފްތާއެއް ތެރޭގައި ދެމީހެއްގެ ފަރާތުން އެހެން ދެމީހަކަށް ބަލި ފެތުރިފައިވާކަމަށް އެ ގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯން އެންޑް ޕްރިވެންޝަން އިން ބުނެފައިވެ އެވެ.
އެ ހަތަރު މީހުންނާއި އެކު އެމެރިކާގައި މިހާރު ކޮރޯނާ ވައިރަސް ޖެހިފައިވާ11 މީހުން އެބަތިއްބެވެ. އެެހެންވެ އެމެރިކާއިން ވަނީ މިދިޔަ ދެ ހަފްތާ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައިވާ ގައުމުން ބޭރު އެއްވެސް މީހަކަށް އެގައުމަށް އެތެރެ ނުވެވޭނެ ކަމަށް ބުނެފަ އެވެ.
މި މުއްދަތުގައި ޗައިނާއަށް ދަތުރުކޮށްފައިވާ އެމެރިކާ މީހުންނަށް ކަރަންޓީން ކޮށްގެން ފަރުވާ ދޭނެ ކަމަށް ބުނެފަ އެވެ. މި ފިޔަވަޅު އެޅީ އިތުރަށް ފެތުރުނަ ނުދިނުމަށް ކަމަށް ވެ އެވެ.
މިހާތަނަށް މި ވައިރަސްގައި361 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ފިލިޕިންސްގައި މަރުވި ޗައިނާ މީހަކުވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް