ރިޝީ އެޑްމިޓް ކުރީ ޖައްވު ނުސާފުވެ ހަށިގަނޑުގައި ޖަރާސީމު އުފެދިގެން

ކުއްލިއަކަށް ހާލުދެރަވެގެން މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރި ބޮލީވުޑްގެ ކުރީގެ ބަތަލް ރިޝީ ކަޕޫރު ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފި އެވެ. އޭނާ ހ...

04 Feb 2020 | 05:14

ކުއްލިއަކަށް ހާލުދެރަވެގެން މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރި ބޮލީވުޑްގެ ކުރީގެ ބަތަލް ރިޝީ ކަޕޫރު ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފި އެވެ.

އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމާއި އެކު ރިޝީ މަރުވީކަމަށް ބުނެވެސް އަޑު ފެތުރުނެވެ. އެއީ މިދިޔަ ދެ އަހަރެއްހާ ދުވަހު އޭނާ ކެންސަރަށް ފަރުވާ ހޯދާފައިވާއެވެ.

އެކަމަކު ހޮސްޕިޓަލުން ދޫކޮށްލުމުން ކުރި ޓުވީޓެއްގައި އޭނާ ބުނެފައިވަނީ އެޑްމިޓް ކުރީ އިންފެކްޝަނެއްގެ އުފެދިގެން ކަމަށެވެ. ރިޝީ ބުނެފައިވާގޮތުގައި ހަށިގަނޑުގައި އިންފެކްޝަން އުފެދުނީ ދިއްލީގެ ޖައްވު ނުސާވުމުން ހަށިގަނޑަށް ވަތް ޖަރާސީމުތަކެއްގެ ސަބަބުންނެވެ.

އޭނާ ބުނީ އާއިލާ އާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ރިޝީ ދިއްލީއަށް ގޮސް އުޅޭތާ މިހާރު18 ވަރަކަށް ދުވަސް ވެއްޖެ އެވެ. އެއީ ފިލްމެއްގެ މަސައްކަތެއް ކުރުމަށް ކަމަށްވެ އެވެ.

ރިޝީ އެޑްމިޓް ކުރުމާއި އެކު އަންހެނުންނާއި ދަރިފުޅު ރަންބީރު ކަޕޫރު އަދި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓްވެސް ވަގުތުން ވަނީ ދިއްލީއަށް ގޮސްފައި އެވެ.

ރިޝީ ވަނީ ކެންސަރު ބައްޔަށް2018 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ފަރުވާހޯދާފަ އެވެ. އޭނާ ބުނީ އެނބުރި އިންޑިއާއަށް ދިޔައީ އެއްކޮށް ބަލި ރަނގަޅުވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް