ދ. ކުޑަހުވަދޫގައި ކުއްލި މަރަކުން ބިދޭސީއަކު މަރުވެއްޖެއެވެ.
މީޑީއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ދ. ކުޑަހުވަދޫގައި މަސައްކަތްކުރާ ބިދޭސީ މީހަކު މެއަށް ތަދުވާތީ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އެއީ ބަންގްލަދޭސް ފިރިހެނެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މިރޭ ބިދޭސީއަކު ކުއްލި މަރަކުން މަރުވެފައިވާއިރު މި ފަހަކަށް އައިސް ކުއްލި މަރުން މަރުވާ މީހުންގެ އަދަދު ރާއްޖޭގައި ގިނަކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް