ޑްރޯން އެރުވި މައްސަލައިގައި ލަންކާގައި ހައްޔަރު ކުރި ދިވެހިން ދޫކޮށްލައިފި

ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑްރޯން އެރުވި މައްސަލައިގައި ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ. މި މީހުން ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައިކަމަށާއި، މިމީހުން ދޫކ...

04 Feb 2019 | 09:32

ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑްރޯން އެރުވި މައްސަލައިގައި ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ.

މި މީހުން ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައިކަމަށާއި، މިމީހުން ދޫކޮށްލުމަށް މިހާރު ސްރީލަންކާގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރާއި ލަޔަން ސިޓީގެ ސްޓޫޑެންޓް ކޮމިޓީން މަސައްކަތް ތަކެއް ކުރެއްވިކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާ ފުލުހުން މައުލޫމާތުދޭ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރާއި 23 އަހަރުގެ ބައެކެވެ.

ޑްރޯން އަރުވާފައިވަނީ އެއާޕޯޓުގެ ކޮން ހިސާބެއްގައިކަން ހާމަކޮށްފައިނުވިޔަސް އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ލަންކާ އެއާޕޯޓުގައިވެެސް އެއާޕޯޓާ އަށް ކިލޯމީޓަރު ކައިރީގައި ޑްރޯން އެރުވުމަކީ މަނާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް