މާލޭ ޕޯޓް އޭރިއާގެ 11 ސަރަހައްދެއްގައި ޓްރާންސްޕޯޓު އޮތޯރިޓީއިން ނެވިގޭޝަން ލައިޓް ހަރުކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީއިން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، މި ލައިޓުތައް މި ހަފްތާއިން ފެށިގެން ބޭނުންކުރަން ފަށައިފައިވާ ކަމަށާއި، މި ނެވިގޭޝަން ލައިޓުތަކަކީ މާލޭ ޕޯޓް އޭރިއާއަށް އާގު ބޯޓުތަކުގެ އިތުރުން އެތެރޭގެ ދަތުރުތަކުގައި ބޭނުން ކުރާ އުޅަނދު ފަހަރު ވަދެ ނުކުމެ ހެދުމަށްޓަކައި ހަރުކޮށްފައިވާ ލައިޓުތަކެއްކަމަށެވެ.
މި ލައިޓުތައް ހަރުކުރުމުން ޕޯޓޫ އޭރިއާ ބޭނުންކުރާފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމުގައި ޓްރާންސްޕޯޓުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް