11 އަހަރުގެ ޓީޓީ ގޯލްޑް މެޑަލިސްޓާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައިފި

ސައުތު އޭޝިއަން ރީޖަނަލް ހޯޕްސް ޗެލެންޖް އިން ރަން މެޑަލް ހޯދިއުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީއާ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައްދަލުކުރައްވައިފިއެވެ. ރައީސް ސޯލިހު ލަންކާއަށް ކުރައްވާ ...

04 Feb 2019 | 07:08

ސައުތު އޭޝިއަން ރީޖަނަލް ހޯޕްސް ޗެލެންޖް އިން ރަން މެޑަލް ހޯދިއުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީއާ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ސޯލިހުގެ ދެކަނބަލުން ދީމާއާ ބައްދަލުކުރައްވާފައިވާއިރު، ދީމާގެ އިތުރުން ދީމާގެ ބެލެނިވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދީމާގެ ޓްރެއިނިންގެ ކަންކަން ކުރިއަށްދާގޮތް އޮޅުންފިލުއްވައި، ކުޅިވަރާ އެއްވަރަށް ކިޔެވުމުގައިވެސް ކުރިއެރުމަށް މަސައްކަތްކުރުމަށް ރައީސް ސޯލިހު ވަނީ ދީމާއަށް ހިތްވަރުދެއްވާފައެވެ.

ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ބޭއްވި މުބާރާތުގައި، ދީމާ ވަނީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް