ކަޅު ސަޔަކީ ދިވެހިންގެ ޒަމާންވީ ބުއިމެކެވެ. ގައުމީ ބުއިމަކީ ކަޅު ސައޭވެސް ބުނެވިދާނެއެވެ. އެހާވެސް ކަޅު ސަޔާއި ދިވެހިންނާއި ވަނީ ގުޅި ލާމެހިފައެވެ.
ދިވެހި މާކެޓުގައި މިހާރު އެކި ބާވަތް ބާވަތުގެ ސައިފަތް ލިބެން ހުރެއެވެ. ވެރައިޓީތައް މި ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް ލިބެން ހުރި ހުރިހާ ޕްރޮޑަކްޓަކީ ކޮލިޓީ ރަނގަޅު ސިއްހަތަށް އެންމެ އެދެވޭ ޕްރޮޑަކްޓްތަކަކަށް ނުވެއެވެ.
ނަމަވެސް ޓުޑޭސް ޓޭސްޓް ތަފާތެވެ. ތަފާތު ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ސިލޯނުގެ ޓީ ކޮލިޓީ ކޮންޓްރޯލް ބޯޑުން "ލަޔަން ލޯގޯ" ދީފައިވާ ސައިފަތަކަށް ވުމެވެ. ދަނގަޑު ހީރަސް ނުވަތަ ދަގަނޑުގެ އެއްވެސް ބައެއް ސައިތަށި ތެރެއަށް ވެއްޓުމުގެ ބިރެއް ނެތުމެވެ.
އެގޮތުން ލަޔަން ލޯގޯއަށް ބަލާލާއިރު ލަޔަން ލޯގޯ އަކީ ހަމަ އެކަނި ޕިއުރ އޮރިޖިނަލް ޓީއަށް ސިލޯނުގެ ޓީ ކޮންޓްރޯލް ބޯޑުން ދޭ ލޯގޯ އެކެވެ. ނުވަތަ އެކަން ރަމްޒުކޮށްދިނުމުގެ ގޮތުން ދޭ ސަޓިފިކެޓެކެވެ. 100% ޕިއުރ ސައިފަތުގައި ނޫނީ ލަޔަން ލޯގޯ ނުޖެހޭނެއެވެ. އެއީ ސްރީލަންކާގެ ސަރުކާރުން އެކުލަވާލާފައި އޮންނަ ބޯޑެކެވެ. މި ލޯގޯ ޖެހި ސައިފަތާއި ލޯގޯ ނުޖަހާ ސައިފަތްވެސް ދިވެހި މާކެޓުގައި ވިއްކަމުން އެބަދެއެވެ. 100% ޕިއުރ ސައިފަތް ނަމަ ހަމަ ގައިމުވެސް މި ލޯގޯ އިންނާނެއެވެ.
ޓުޑޭސް ޓޭސްޓްގެ ދެވަނަ ހާއްސަ ކަމަކީ އާންމުގޮތެއްގައި ސައިފަތް ޕެކެޓުން ފެންނަ ދަގަނޑު ހީރަސް ހިމަނާފައިނުވުމެވެ. ދަގަނޑު ހީރަހުގެ ސަބަބުން ސިއްހަތަށް އެތައް ނުރައްކަލެއް ކުރެއެވެ. ސައިތައްޓަށް ހީރަސް ވެއްޓި، އެ ހީރަސް ދިރުމުގެ ސަބަބުން ނުރައްކާތެރި ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހިފައި އެބަހުއްޓެވެ. އެފަދަ ހީރަސް އުފައްދާފައި ހުންނަ ދަގަނޑުގެ ބާވަތުގެ ސަބަބުން ޓެޓަނަސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑެވެ. ހީރަހުގައި ހިމެނޭ ޒިންކް ކޮމްޕައުންޑްގެ ސަބަބުން ކިޑްނީއަށް ގެއްލުންވާކަމީވެސް ދިރާސާތަކުން ދައްކާފައިވާ ކަންކަމެވެ. މީގެ އިތުރުން ހީރަހުގައި ހުންނަ ދަގަނޑުގެ ބާވަތެއް ކަމުގައިވާ "ގަލްވަނައިޒްޑް އަޔަން" ގެ ސަބަބުން އެތެރެ ހައްޓަށް ލޭ ފޭބުމުގެ މައްސަލަ އާއި ވެސް ކުރިމަތިލާން ޖެހިދާނެއެވެ.
މި ސަބަބުތަކާއިހުރެ އަވަށްޓެރި އިންޑިއާގައި، ސައިފަތް ޕެކެޓުގައި ހީރަސް އެކުލެވޭ ސައިފަތް ޕެކެޓު ވިއްކުން އަދި އެތެރެކުރުން މިދިޔަ އަހަރުގެ ޖަނަވަރީ މަހުންފެށިގެން ވަނީ މަނާކޮށްފައެވެ.
އެހެންކަމުން ސައިފަތް ހިޔާރު ކުރުމުގައި ސިއްހަތަށް ގެއްލުން ނުލިބޭ ކޮލިޓީ ސައިފަތެއް ހިޔާރު ކުރާނަމަ ޓުޑޭސް ޓޭސްޓަކީ ބާޒާރުން ލިބެން ހުރި އެންމެ ކޮލިޓީ އެއް އުފެއްދުން ކަމުގައި ގަބޫލުކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް