ސުޕްރީމް ކޯޓުގެ ނަމުގައި ފޭކް އަމުރެއް ހެދީ މުހައްމަދު މަޝީދު ނަމުގައި ހަދާފައިވާ އެކައުންޓަކުން

ބަންޑާރަ ނައިބު ހައްޔަރު ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރެއް ކަމަށް ބުނެ ފޭކް ލިޔުމެއް އަނބުރާފައިވަނީ މުހައްމަދު މަޝީދު ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ކަން ދުވަސް އަށް ކަށަވަރު ކުރެ...

04 Feb 2018 | 17:15

ބަންޑާރަ ނައިބު ހައްޔަރު ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރެއް ކަމަށް ބުނެ ފޭކް ލިޔުމެއް އަނބުރާފައިވަނީ މުހައްމަދު މަޝީދު ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ކަން ދުވަސް އަށް ކަށަވަރު ކުރެވިއްޖެ އެވެ.

މިކަން ކަށަވަރު ކުރެވުނު ގޮތަކީ، ޖުޑީޝަރީއެމްވީ ނަމުގައިވާ އެކައުންޓަކުން ސްޕްރީމް ކޯޓުގެ ނަމުގައި އޮތް އަމުރެއް ކަމަށް ބެލެވޭ ލިއުމެއް ދުވަސްގެ ނޫސްވެރިންނަށް ފެނުނެވެ. ނަމަވެސް ބެލި ބެލުގައި އެ އެކައުންޓަކީ ފޭކް އެކައުންޓެއްކަން ކަށަވަރު ވީ ޖުޑީޝަރީ ރަސްމީ ޓްވިޓާ އެކައުންޓް ނޫންކަން ޔަގީން ވުމާއި ލޮކޭޝަން އިނީ މެންޗެސްޓަރ ޔޫކޭ ކަން ފެންނަން އޮތުމުންނެވެ.

އިރުކޮޅެއްގެ ތެރޭގައި ގިނަ މީޑިއާތަކަކުން މި ފޭކް ލިއުމަށް ބެލުމަށްފަހު ބްރޭކިން ނިއުސް އެރުވުމުން އެ އެކައުންޓް ޓްވިޓާއިން ގެއްލުނެވެ. ނަމަވެސް ދުވަސް އަށް އެ އެކައުންޓް ގެއްލޭ ގޮތް ނުވީ ދުވަސް އިން އެ އެކައުންޓަށް، އެއީ ފޭކް އެކައުންޓެއް ކަމަށް ބުނެ ޑައިރެކްޓް މެސެޖެއް ކުރުމުންނެވެ.

ދުވަސް ޓްވިޓާ އެކައުންޓުން ބެލުމުން އެނގުނު ގޮތުގައި މުހައްމަދު މަޝީދު ނަމުގައި ހަދާފައިވާ ފޭކް އެކައުންޓުން އެކަން ކުރި ގޮތަކި ޖުޑީޝަރީ އެމްވީ އަށް ޔޫޒަރ ނޭމް ބަދަލުކޮށް ފޭކް ލިޔުން ޕޯސްޓް ކުރުމަށްފަހު މީޑިއާތަކުގެ ސަމާލުކަން އެ ލިޔުމަށް ލިބުމުން އަލުން ކުރީގެ ނަމަށް ބަދަލު ކުރީ އެވެ.

ނަމަވެސް ދުވަސް އިން ޑީއެމް ކުރި މެސެޖް އެ އެކައުންޓުން އިނީ ޑިލީޓް ނުކޮށް ކަމުން މިއޮތީ މިކަން ކުރި  އެކައުންޓް އެނގިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް