ޖުޑީޝަރީ ނަމުގައި ފޭކް އެކައުންޓެއް ހަދައި ބަންޑާރަ ނައިބު ހައްޔަރު ކުރުމަށް ސުޕްރީމް ކޯޓުގެ ފޭކް އަމުރެއް ދައުރު ކުރަން ފަށައިފި އެވެ.
ބަންޑާރަ ނައިބު ހައްޔަރު ކުރަން އަމުރު ކޮށްފައިވާކަމަށް ބުނެ ހަބަރު ފަތުރަމުން އަންނައިރު ދުވަހުން ބެލި ބެލުމުގައި އެއީ ޖުޑީޝަރީ ނަމުގައި ޓްވިޓާގައި ހަދާފަައިވާ ފޭކް ޓްވިޓާ އެކައުންޓަކުން ހަދައިގެން އުޅޭ ފޭކް ލިޔުމެކެވެ.
ޖުޑީޝަރީގެ ރަސްމީ ޓްވިޓާ އެކައުންޓަކީ @judiciarymv ކަމުގައިވާއިރު ފޭކް އެކައުންޓްގައި ވަނީ @judiciary_mv އެވެ. އެއީ އިންގްލެންޑްގައި ހަދާފައިވާ އެކައުންޓެއްކަންވެސް އެ އެކައުންޓުން އެނގެ އެވެ.
އެ އެކައުންޓް މިހާރު ވަނީ ޑިލީޓްވެސް ކޮށްލާފައި އެވެ.
ޖުޑީޝަރީގެ އަަސްލު އެކައުންޓް :
https://twitter.com/judiciarymv
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް