ރައީސް ޔާމީނަށް ރައީސް ވަހީދު ކުރައްވާ ތާއީދު އަނބުރާ ގެންދެވި ކަމުގެ އިޝާރާތެއް!

ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ދެއްވުމަށް ގޮވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓް، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން ރީޓްވީޓް ކުރަ...

04 Feb 2018 | 15:27

ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ދެއްވުމަށް ގޮވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓް، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން ރީޓްވީޓް ކުރައްވައިފި އެވެ.

ރައީސް ވަހީދު ރީޓްވީޓް ކުރައްވާފައިވަނީ މިއަދު ހެނދުނު 08:20ގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެވެ.

ރައީސް ޔާމީންގެ އިސްތިއުފާ ދެއްވުމަށް ގޮވާލައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއް ރައީސް ވަހީދު ރީޓްވީޓް ކުރެއްވުން މިއީ ރައީސް ޔާމީނަށް ރައީސް ވަހީދު ކުރެއްވި ތާއީދު އަނބުރާ ގެންދިއުންކަމުގައި ސޯޝަލް މީޑިއާގައި އަންނަނީ ސިފަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް