އަމުރު ތަންފީޒު ކުރުމުގައި އެއްވެސް ހުރަހެއް ނެތް: ސުޕްރީމް ކޯޓް

އަމުރު ތަންފީޒު ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަަމަށް ސުޕރީމ ކޯޓުން ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓުން މިހެން ވިދާޅުވެފައިވަނީ ދެންމެ އެ ކޯޓުން ނެރެފައިވާ ބަޔާނެއްގައި އެވެ. ސުޕްރީމް ކޯޓުގެ ބަޔާނު...

04 Feb 2018 | 13:28

އަމުރު ތަންފީޒު ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަަމަށް ސުޕރީމ ކޯޓުން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިހެން ވިދާޅުވެފައިވަނީ ދެންމެ އެ ކޯޓުން ނެރެފައިވާ ބަޔާނެއްގައި އެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A1/197/2018/03   (03 ފެބްރުއަރީ 2018) ސިޓީއިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01  ކޯޓު އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި އިތުރު އިރުޝާދާއި މަޝްވަރާއަށް އެދިލައްވާފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01  (01 ފެބްރުއަރީ 2018) ކޯޓު އަމުރު ތަންފީޒުކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް، އެ އަމުރު ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ހުރަސް

އެޅިދާނެ އެއްވެސް ސަބަބެއް ނެތްކަމަށާއި އަދި އެ އަމުރުގައިވާ ގޮތުގެ މަތިން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާތީ، އެކަން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް 04 ފެބްރުއަރީ 2018 ވަނަ ދުވަހު އެންގިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް