މިމަހުގެ 1 ވަނަ ދުވަހު ގޮށްރާޅުގެ ފުރަތަމަ ޕޯސްޓަރ ބެލުންތެރިންނަށް ދައްކާލުމާއެކު ފިލްމު ބަލަން ކެތްމަދުވެފައި ތިބި އެންމެންގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. ފިލްމުން ވާނީ ކިހިނެތްތޯ ހިތާހިތުން އެންމެންނަށްވެސް ސުވާލުކޮށްލެވުނެވެ. ހަމަ ޔަގީނުންވެސް މީގެކުރިން ނެރުނު ފިލްމުތަކާއި މިފިލްމު ތަފާތުވާނެކަމަށް ޑާކްރެެއިންއިން ބުނެއެވެ.
މިފިލްމުގެ ޓީޒާ ޕޯސްޓަރުން ފެންނަނީ ފިލްމުގެ ލީޑް ޖުމައްޔިލް ނިމާލް ރަސްމީ ހެދުމެއްގައި ހުއްޓައެވެ. ޖުމަލް އަށް އަނިޔާކޮށް، އަނގައިން ލޭ އަންނަތަަން ފެނެއެވެ. އެހެންކަމުން މި މަންޒަރުތަަކަށް ބަލާއިރު ކޮންމެ މީހަކަށްވެސް ތަފާތު އިހްސާސެއް ކުރެވޭނެކަން ޔަގީނެވެ.
ދިވެހި ބަހުގައި ގޮށްރާޅަކީ މަސައްކަތެއްގެ ތެރޭގައި މީހަކު އުފައްދާ ހަމަނުޖެހުމަށް ބޭނުންކުރާ ބަހެކެވެ. ވުމާއެކު މިޕޯސްޓަރާއި ފިލްމުގެ ނަމާއި ހުރި ގުޅުން ވިސްނައިފި ކޮންމެ މީހަކަށްވެސް ރަނގަަޅަށް އެނގޭނެއެވެ.
https://www.facebook.com/GohRaalhuTheMovie/videos/215827108991837/
ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނީ ފިލްމުގެ 75 އިންސައްތައިގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ފިލްމުގެ ފަހުގެ މަރުހަލާގެ މަސައްކަތްކަމަށެވެ. މޫމިން ފުއާދުގެ ވާހަކައަކަށް ތައްޔާރު ކުރާ މިފިލްމަކީ މިޓީމުން ތައްޔާރު ކުރާ އެންމެ ތަފާތު ފިލްމަށް ވާނެކަމަށްވެސް މިޓީމުން ބުނެއެވެ.
ޖުމައްޔިލް ނިމާލް، ހަސަން އިރުފާނު (ޒަކިއްޓެ) އަދި މުޅިން އަލަށް މިދާއިރާއަށް ތައާރަފުވާ ދެ ބަތަލުންކަމަށްވާ ތަސްނީމާ، ޔަޝްފާ އަދި އަޒާން މިފިލްމުން ފެނިގެންދާނެއެވެ. މިފިލްމަކީ އަޙުމަދު ޝިނާން ދެވަނައަށް ޑައިރެކްޓް ކުރާ ފިލްމުކަން ފާހަގަކޮށްލެވެއެވެ. މާޝަލް އާރޓްސްވެސް ފެނިގެންދާ މިފިލްމަކީ ތަފާތު ފިލްމަކަށް ވަނެކަން ޔަގީނެވެ.
ގިނަބަޔަކު އިންތިޒާރުކުރަމުންދާ މިފިލްމު އަންނަ އޭޕްރީލް މަހުގެ 5 ވަނަދުވަހު ސިނަމާތަކުގައި އަޅުވާނެކަމަށް ޑާކްރެއިން އިން ބުނެއެވެ. ވުމާއެކު ދެން އެންމެންވެސް އިންތިޒާރުކުރަންވީ މިދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް