ދޫކޮށްލިޔަސް ނަޝީދު އާއި އަދީބު ފަހުން ހައްޔަރު ކުރަންވާނެ: އުމަރު ނަސީރު

ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން، އެ އަމުރުން އަމުރު ކޮށްފައިވާ މީހުން ދޫކޮށްލިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަހުން ހައްޔަރު ކުރަން ވާނެ ކަމަށް ކުރީގެ ހ...

04 Feb 2018 | 13:02

ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން، އެ އަމުރުން އަމުރު ކޮށްފައިވާ މީހުން ދޫކޮށްލިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަހުން ހައްޔަރު ކުރަން ވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

އެ ޕޯސްޓްގައި އުމަރު ބުނެފައިވަނީ ސުޕްރީމް ކޯޓްގެ އަމުރަށް ތަބާވެ އެންމެން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ނަމަވެސް ރައީސް ނަޝީދު އާއި ވީޕީ އަދީބު އަލުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ވަގުތުން ގެންނަންވާނެ" އުމަރު ވިދާޅުވެފައިވެ އެވެ.

އުމަރު ވިދާޅުވެފައިވަނީ މި ދެ ބޭފުޅުން ވަނީ ރޯމާ ދުވާލު ކޮރަޕްޝަން ހިންގާފައި ކަމަށެވެ. ފަނޑިޔާރަކު ވަގަށް ނަގާފައި ކަމަށށެވެ. ސުޕްރީމް ކޯޓުގައި ތަޅު އަޅުވާފައި ކަމަށެވެ. އަދި ގާނޫނީ ބާރުތައް ނުހަމަ ގޮތުގައި ބޭނުން ކުރައްވާފައި ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވެފައިވަނީ މިއަދު ޔާމީން އާމެދުވެސް ރައްޔިތުން ހިތްހަމަނުޖެހިގެން މި އުޅެނީ ހަމަ ރައީސް ނަޝީދު ކުރެއްވި ކަންކަން އެގޮތަށް ކުރައްވާތީ ކަމަށެވެ. އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް