އަމުރު ތަންފީޒު ނުކުރާތީ އެޑިއުކޭޝަންގެ އިސް ވެރިއަކު އިސްތިއުފާ ދެއްވައިފި

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ސީނިއަރ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމު އަދާކުރަމުން އަންނަ އަހުމަދު ރިޔާޒް އިސްތިއުފާ ދެއްވައިފި އެވެ. އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސުޕްރީމ...

04 Feb 2018 | 12:48

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ސީނިއަރ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމު އަދާކުރަމުން އަންނަ އަހުމަދު ރިޔާޒް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާނުވާ ސަރުކާރެއްގެ ވަޒީފައިގާ ހުންނަން ބޭނުން ނުވާ ކަމަށެވެ.

އަހުމަދު ރިޔާޒް އިސްތިއުފާ ދީފައިވާއިރު ސުޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެން ގައުމުގެ ސިޔާސީ މަސްރަހު ހޫނު ވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި އަމީންއާންމުގެ ނައިބާއި ރައީސް އޮފީހުގެ އިސް ބޭފުޅަކާއި ކަރެކްޝަންސްގެ ވެރިޔާ ވަނީ އިސްތިއުފާ ދެއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް