ނާދިރާ ދޫ ކޮށްލައިފި

ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ދޫކޮށްލައިފި އެވެ. ނާދިރާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ނާދިރާ ހައްޔަރު ކޮށްފަ...

04 Feb 2018 | 12:37

ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ދޫކޮށްލައިފި އެވެ.

ނާދިރާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ނާދިރާ ހައްޔަރު ކޮށްފައިވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮޥާލައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ރޭގެ ވަގުތެއްގައި އެވެ.

ނާދިރާ އަށް ކުރީ އަންހެން ފުލުހަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. ނާދިރާ ދޫކޮށްލާފައިވަނީ އެކަން ސާބިތު ކޮށްދެވިފައި ނުވާތީ ބަންދުގައި ބަހައްޓާނެ ޖާގައެއް ނުފެންނަ ކަމަށް ކޯޓުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް