ރައީސް ޔާމީން އަޒުލް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނޯންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ އެވެ.
ދެންމެ އިއްވި ކުއްލި ބަޔާނެއްގައި ބަންޑާރަ ނައިބު މުހައްމަަދު އަނިލް ވިދާޅުވީ ރައީސް ވަކި ކުރުމުގެ ބާރު އޮންނަނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ސުޕްރީމް ކޯޓަށް ގޮތެއް ނިންމޭނީ މަޖިލީހުން ނިންމާ ނިންމުމާމެދު ސުވާލު އުފެދޭ ހާލަތެއްގައި އެކަނި ކަމަށެވެ.
ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެެރެފިނަމަ އެ ބަޔާނަކީ ގާނޫނާ ހިލާފު އަމުރަކަށް ވާނެ ކަމަށާއި އެ އަމުރަށް ތަބާވާން ނުޖެހޭނެ ކަމުގައިވެސް އަނިލް ވިދާޅުވި އެވެ.
އެ ބަޔާން އިއްވި އިރު އެމްއެންޑީއެފް އަދި ފުލުހުންގެ އިސްވެރިންވެސް ތިއްބެވެ.
މޭޖަރ ޝިޔާމް ވިދާޅުވީ ސިފައިން އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށާއި ގައިރު ގާނޫނީ އަމުރަކަށް ތަބާ ނުވާނެ ކަމަށެވެ.
ފުލުހުންގެ ފަރާތުން ނަވާޒް ވިދާޅުުވީ ފުލުހުންވެސް އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފާފުޅުގެ ދަށުން ކަަމަށެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް