ރިޝްވަތުގެ ތުހުމަތުގައި ޑީޖޭއޭގެ ވެރިޔާ ހޯދަން އިއުލާނު ކޮށްފި

ރިޝްވަތުގެ ތުހުމަތުގައި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުނު ރިޝްވަ...

04 Feb 2018 | 03:32

ރިޝްވަތުގެ ތުހުމަތުގައި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެން މާލެ މުނިސިޕަލްޓީ ދަފްތަރު 2571، ހަސަން ސައީދު ހުސެއިން، ފުލުހުން ދަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ހޯދަމުން ކަމަށެވެ.

"މި މައްސަލަ މޯލްޑިވްސސް ޕޮލިސް ސާވިސް އިން މިހާތަނަށް ބެލި ބެލުމުން، މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭގޮތުން، ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވެއެވެ" ފުލުހުން ނެރުނު ނޫސްބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅިގެން، ހޯދުނު ހޯދުންތަކުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ (2) ބެފުޅަކުވެސް މި ދެންނެވި ހައުސިންގ ޕްރޮޖެކްޓުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓް ބައްލަވައިގަތުމަށްޓަކައި މުއާމަލާތްކުރެއްވިކަމުގެ ކިތާބީ ހެކިވެސް ލިބިފައިވާކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް މި މުއައްސަސާއިން މި ގެންދަނީ ކުރަމުންނެވެ.

ތަފްސީލް އަންނަނީ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް