މިއަދު ވަރަށް މަސައްކަތް ކޮށްފިން، އުއްތަމަ ފަނޑިޔާރާ ނުގުޅުނު: އަނިލް

ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާއިރު އުއްތަމަ ފަނޑިޔާރާ ގުޅޭތޯ މިއަދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވ...

03 Feb 2018 | 19:11

ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާއިރު އުއްތަމަ ފަނޑިޔާރާ ގުޅޭތޯ މިއަދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އަނިލް މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ޓީވީއެމް އާއި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުން، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ފުލުހުންނަށް ފާހަގަކުރެވޭ ގާނޫނީ ނުކުތާތައް އެ ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އަނިލް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިކުރާ މަސައްކަތުގައި ސުޕްރީމް ކޯޓުން މިކަމަށް އިރުޝާދު ދެއްވުން ކުޑަކޮށް ލަސްވަމުންދާތީ، ރައްޔިތުންގެ ކިބައިން ކެތްތެރިކަމާއެކު ތިއްބެވުމަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް