މާފުށި ޖަލުގައި އިއްޔެ އޮފިސަރުންނާއި ގައިދީންނާ ދެމެދު ހަމަނުޖެހުން ހިނގި މައްސަލަ ބަލަމުން ގެންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ދޭ ބޭސްފަރުވާގެ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ގައިދީންތަކެއް އިއްޔެ އިހުތިޖާޖުކޮށް، އެ ތަނަށް ދިނަ އޮފިސަރުންގެ ގަޔަށް ފެން ޖަހައި ގޯނާކޮށް ހެދި ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެޗްއާރުސީއެމްއާ ސުވާލު ކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ރިޕޯޓް ކުރެވިފައިވާ ކަމަށާއި އެ ކޮމިޝަނުން މައްސަލަ ބަލަމުންދާ ކަމަށެވެ
އެއީ ބަލަމުންދާ މައްސަލައަކަށްވާތީވެ އިތުރު ތަފުސީލެއް އެޗްއާރުސީއެމް އިން ނުދެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް