ފުލުހަކަށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލެ ސިޓީ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހެއްގެ އަމުރަށް ނުކިޔަމަންތެރި އޭނާގެ މަސައްކަތަށް ހުރަސް އަޅައި ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ ފުލުހުން މިއަދު ހެނދުނު 10:50 ހާއިރު މާލެތެރެ ޕ...

04 Jan 2020 | 12:05

މާލެ ސިޓީ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހެއްގެ އަމުރަށް ނުކިޔަމަންތެރި އޭނާގެ މަސައްކަތަށް ހުރަސް އަޅައި ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ

ފުލުހުން މިއަދު ހެނދުނު 10:50 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޗާންދަނީ މަގު ފިހާރަ ކުރިމަތިން ސައިކަލެއް ގައިދާ ހިލާފަށް މުދާ އުފުލައިގެން ދިޔަ މީހަކު މަޑު ކުރަން އެންގުމުން އޭނާ މަޑުނުކޮށް ދާން އުޅުނު ކަމަށެވެ

ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތު ދިނުމަށް ފުލުހުން އެދުމުން އެ ކަމަށް އޭނާ އިންކާރުކޮށް ފުލުސް އޮފިސަރާ ދިމާއަށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި ފުލުހަށް ހަމަލާ ދީފައި ފިލައިގެން ދާން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް