ޓްރާސްޕޯޓް އޮތޯރިޓީއަކީ ވަރަށް ގޮންޖެހުން ބޮޑު އިދާރާއެއް ކަމަށާ އެ އިދާރާ ވަނީ ވަރަށް ރަނގަޅަށް "އޯވާހޯލް" ކުރަން ޖެހިފައި ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ
ނިމިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ ނުވަތަ ޓްރާސްޕޯޓް އޮތޯރިޓީއަކީ ރައްޔިތުންގެ ވަރަށް ޝަކުވާ ބޮޑު އިދާރާއެއް ކަމަށެވެ
މިނިސްޓަރު ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ނިކަމެތިކޮށް އަމަލުކުރާ ތަން ފެނުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ
ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހިފައިވާ ތަނެއް ކަމާއި އެ ތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށްވެފައި ލަސްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް