މެލޭޝިއާގެ މަރުވި ކުއްޖާގެ އާއިލާއާ ޝިދާތާ ބައްދަލުކުރައްވައިފި

މެލޭޝިއާގެ އުސް އިމާރާތެއްގެ މަތިން ވެއްޓި މަރުވި ދިވެހި ކުއްޖާގެ އާއިލާއާ، ރާއްޖޭގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައްދަލުކުރައްވައިފި އެވެ މަރުވި ކުއްޖާގެ އާއިލާއާ މިނިސްޓަރު ޝިދާތާ ބައްދަލުކުރެއް...

04 Jan 2020 | 10:34

މެލޭޝިއާގެ އުސް އިމާރާތެއްގެ މަތިން ވެއްޓި މަރުވި ދިވެހި ކުއްޖާގެ އާއިލާއާ، ރާއްޖޭގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައްދަލުކުރައްވައިފި އެވެ

މަރުވި ކުއްޖާގެ އާއިލާއާ މިނިސްޓަރު ޝިދާތާ ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ.

މެލޭޝިއާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވަނީ މަރުވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖާ އިއްޔެ މަރުވީ މެލޭޝިއާގެ ވެރިރަށް، ކުއާލަލަންޕޫރުގެ އުސް އިމާރާތެއްގެ 14 ވަނަ ބުރީގެ ބެލްކަނިން ބިންމައްޗަށް ވެއްޓި ލިބުނު ބޮޑެތި އަނިޔާތަކަކާ ގުޅިގެންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް